މި ދުވަސްވަރަކީ ޓެކްނޮލޮޖީގެގޮތުން ވަރަށް ކުރިއަރާފައިވާ ދުވަސްވަރެކެވެ.
ކިޔެވުމުގައާއި ކިޔަވައިދިނުމުގައިވެސް ބޭނުންކުރާ އައު ޓެކްނޮލޮޖީގެ ނިސްބަތް
އަންނަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އޮންލައިން
އެޕްލިކޭޝަންތަކަކީ ވަރަށް ގިނަބަޔަކު ކިޔެވުމަށާއި ކިޔަވައިދިނުމަށްވެސް
ބޭނުންކުރަމުންއަންނަ އެއްޗެކެވެ. ސަބަބަކީ މި އެޕްލިކޭޝަންތަކަކީ ދުނިޔޭގެ
ކޮންމެތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭ އެއްޗަކަށްވުމެވެ. ގޭގައި ހުރެގެން ދުނިޔޭގެ
އެތައް ތަނެއްގެ މަޢުލޫމާތާއި ކަންތައްތަކެއް ހޯދާލުމާއި، ގޭގައި ހުރެގެން ކިޔެވުމާއި
އެސައިންމަންޓުފަދަ އެއްޗެއްސަށް މަޢުލޫމާތު ހޯދުމުގެ ފުރުސަތު އޮންލައިން އެޕްލިކޭޝަން
މެދުވެރިކޮށް ކުރެވުމެވެ. އެގޮތުން ތިރީގައި މި ބަލާލަނީ ކިޔެވުމުގައާއި
ކިޔަވައިދިނުމުގައި ބޭނުންކުރާ ބައެއް އޮންލައިން އެޕްލިކޭޝަންތަކަށެވެ.
·
އޮންލައިން ލައިބްރަރީ
ކޮމްޕިއުޓަރ އައުމުގެ ކުރީން މުދައްރިސުންނާއި ކުދިންވެސް
މަޢުލޫމަތެއް ހޯދުމަށްޓަކައި ދާންޖެހެނީ ލައިބްރަރީއަށެވެ. އަދި ކިޔެވުމަށް
ބޭނުންކުރާ ފޮތްތައްވެސް އުފުލަންޖެހެނީ އަތުންނެވެ. ނަމަވެސް މިހާރު ކުދިންނާއި
މުދައްރިސުންނަށް ކޮންމެތަނެއްގައި ހުރެގެންވެސް ދުނިޔޭގެ އެކި ޤައުތަކުގެ
ލައިބްރަރީތަކުގައި ހުންނަ ފޮތްތައްކިޔާލެވެއެވެ. ކޮންމެހެން އެ ލައިބްރަރީއެއް
ހުރި ޤައުމަކަށް ނުވަތަ ތަނަކަށް ދާކަށްވެސް ނުޖެހެއެވެ. ސަބަބަކީ އޮންލައިން
ލައިބްރަރީތައް އުފެދި އެތަންތަނުން ބޭނުންފޮތެއް ކިޔާލުމުގެ ފުރުސަތު ދުނިޔޭގެ
އެންމެންނަށްވެސް އޮތުމެވެ. މީގެސަބަބުން ކޮންމެ ގެއެއްގައި ފޮތްލާނެ ކަނބަޑެއް ބަހައްޓާކަށް
ނުޖެހެއެވެ. ކުލާހަށް ވަންނައިރު މުދައްރިސްއަތުގައި ފޮތްތަކެއް އޮތުން
ލާޒިމެއްނޫނެވެ. ސަބަބަކީ އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ
ފޮތްތައްވެސް ލިބެންހުރުމެވެ. ކުލާހުގައިވެސް އެފޮތްތައް ބޭނުންކުރެވުމެވެ.
·
އޮންލައިން ޑިކްޝަނަރީ
ޑިކްޝަނަރީއަކީ ކިޔެވުމަށާއި ކިޔަވައިދިނުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.
ޚާއްސަގޮތެއްގައި ބަސް ( އިނގިރޭސި، ޢަރަބި، ފުރާންސް ބަސް ފަދަ ބަސްތައް )
ދަސްކުރާ ކުދިންނަށާއި މުދައްރިސުންވެސް ބޭނުންކުރަންޖެހޭ އެއްޗެކެވެ. އޮންލައިން
ޑިކްޝަނަރީއަކީ މުދައްރިސަށާއި
ކުއްޖާއަށްވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. ސަބަބަކީ ފޮތްބަލައިގެން ބަސް
ހޯދުމުގެ ބަދަލުގައި ބޭނުންވާ ބަހެއް ޖަހާލުމުން ވަގުތުން ބަހުގެ މާނަ ލިބިގެން ދާތީއެވެ.
މިއީ ވަގުތު ސަލާމަތްކުރެވޭނެ ގޮތެކެވެ. އަދި ހަމައެހެންމެ ބައެއް އޮންލައިން ޑިކްޝަނަރީތަކުގައި
ބަސް ކިޔާގޮތާއި، ފޮޓޮއާއި ވީޑިޔޯއާ އެކުގައިވެސް ހުރެއެވެ. މީގެސަބަބުން
ކުއްޖާއަށް ފަސޭހަކަމާއެކު ބަސްތަކުގެ މާނަ
ދެނެގަނެވޭނެއެވެ. އަބަދު ބޮޑު ޑިކްޝަނަރީ ފޮތެއް ހިފައިގެން އުޅޭކަށްވެސް
ނުޖެހޭނެއެވެ.
·
ޔޫޓިއުބް
ޔޫޓިއުބަކީ ކިޔަވާކުއްޖާއަށާއި މުދައްރިސައްވެސް ވަރަށް
ގިނަ ފައިދާތަކެއް ލިބިގެންދާ އެޕްލިކޭޝަނެކެވެ. ސަބަބަކީ ޔޫޓިޔުބްގައި
މުދައްރިސުން ކިޔަވައިދޭ ފިލާވަޅުތައް، ތަފާތު އެކި
މުދައްރިސުން ކުރިއަށް ގެންދާގޮތްތައް ހިމަނާފައިވާތީއެވެ. މީގެ ސަބަބުން ކުއްޖާއަށް
ނޭންގޭ ނުވަތަ އޮޅުންއަރާ ފިލާވަޅެއް ތަފާތު އެތައް މުދައްރިސުންނެއް، ހަމަ އެފިލާވަޅު ކިޔަވާދެއްވާފައިވާ ގޮތްތައް
ބަލާލެވިދާނެއެވެ. ދެން މީގެ ތެރެއިން އެކުއްޖާއަށް އެންމެ ފަސޭހަ ގޮތްނަގައިގެން
އެގޮތަށް ފިލާވަޅު ދަސްކޮށްލެވިދާނެއެވެ. މިސާލަކަށް ހިސާބު ނަންބަރުތައް އެކި
މުދައްރިސުން ކިޔަވާދެއްވާފައިވާ ތަފާތު މެތަޑްތައް ބަލައި އެކުއްޖަކަށް
ފަސޭހަގޮތަކަށް ހެދިދަނެއެވެ. އަދި ހަމައެހެންމެ ޚާއްސައެހީއަށް ބޭނުންވާ
ކުދިންނަށްވެސް ޔޫޓިޔުބް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ވާހަކަނުދެއްކޭ
ކުއްޖެއްނަމަ އެކުއްޖާއަށް ޚާއްސަކޮށްގެން ގެންދެވިފައިވާ ފިލާވަޅުތައްވެސް
ބައިވަރު ހުރެއެވެ. އެފަދަ ފިލާވަޅުތައް ބަލައިގެން އެފަދަ ކުދިންތަކަކަށް
އެފިލާވަޅެއް ދަސްކުރެވިދާނެއވެ.
މުދައްރިސަށް ބަލާއިރު ތަފާތު ބައިވަރު ޓީޗަރުންތަކެއް
އެއްފިލާވަޅެއް ކުރިއަށް ގެންގޮސްފައިވާ ގޮތްތައްފެނި ތިމާ ރަނގަޅުކުރަންވީ އެތައްކަމެއް
ދަސްވެގެންދާނެއެވެ. އަދި އެ މުދައްރިސަކު ކިޔަވައިދޭ އެއްޗެއް ޔޫޓިއުބަށް ލުމުގެ
ފުރުސަތު ލިބިގެން ދެއެވެ. އަދި ހަމައެހެންމެ މުދައްރިސް ފިލާވަޅެއް
ކިޔަވައިދެއްވާއިރު ވަގުތުން އެފިލާވަޅަކާ ގުޅޭ ވީޑިޔޯތައް ދައްކައިގެން މަޖާމާހައުލެއްގައި
ކުލާސް ކޮންޓްރޯލްކޮށްގެން ފިލާވަޅު ކުރިއަށް ގެންދެވިދާނެއެވެ.
·
އެންއީއޯ ކޭ-12 ( Neo k-12 )
މިއީވެސް ޔޫޓިޔުބް ފަދައިން ކިޔެވުމަށްޓަކައި
ބޭނުންކުރެވިދާނެ ތަފާތު ބައިވަރު ވީޑިޔޯތައް ހިމެނޭ އެޕްލިކޭޝަނެކެވެ. އެކިއެކި
މާއްދާތަކަށް ބޭނުންކުރެވިދާނެ އެތައް ވީޑިޔޯތަކެއް ފަސޭހައިން ދޭހަވާނެފަދަ
ގޮތަކަށް ހިމަނާފައިވެއެވެ. މި އެޕްލިކޭޝަންގެ ގިނަ ވީޑިޔޯތައް ހުންނަނީ 10 މިނިޓް
ނުވަތަ އެއަށްވުރެވެސް ކުޑަ ވަގުތުކޮޅަކަށް ފައްތާފައެވެ. އެހެންކަމުން
މުދައްރިސުންނަށް ފަސޭހަކަމާއެކު ކުލާހުގައި ފިލާވަޅު ކުރިއަށް ގެންދާއިރު ވީޑިޔޯ
ދައްކައިލައިގެން ފިލާވަޅު ވަގުތައް ނިންމާލެވިދާނެއެވެ. މިއެޕްލިކޭޝަންގައި
ތަފާތުވައްތަރުގެ ގޭމްސްތަކާއި ކުއިޒްތައްވެސް ހިމެނެއެވެ. މިއެޕްލިކޭޝަންގެ
ސަބަބުން މުދައްރިސުންނަށް ކުލާހުގައި ފިލާވަޅު ކުރިއަށްގެންދާނެ ރަނގަޅު ގޮތްތައްވެސް
ހޯދާލެވިދާނެއެވެ.
·
ވެބްސައިޓް
ކިޔެވުމުގައާއި ކިޔަވައިދިނުމުގައިވެސް ބޭނުންކުރާ އެއް
އެޕްލިކޭޝަނަކީ ވެބްސައިޓްތަކެވެ. މިހާރު ކިޔަވައިދޭ ފިލާވަޅުތަކާއި، އިތުރުހަރަކާތްތައް
ހިލޭ ބޭނުންކުރެވޭ އެތަކެއް ވެބްސައިޓްތަކެއް އެބަހުއްޓެވެ. އެހެންކަމުން
ޓީޗަރުންނަށް އެބޭފުޅުންގެ ފިލާވަޅު ކުރިއަށް ގެންދާނެގޮތްތައް އެނގެއެވެ. އަދި
ދަރިވަރުންނަށް އޮޅުންނުފިލާ ފިލާވަޅުތައް ބަލާލުމުގެ ފުރުސަތުވެސް
ލިބިގެންދެއެވެ. އަދި މީގެ އިތުރަށް ހިލޭ ކިޔެވުމުގެ
ފުރުސަތުތައް ހުޅުވާލައިފައިވާ އެތައް ވެބްސައިޓްތަކެއް އެބަހުއްޓެވެ.
·
ވޯލްވިޝާ (wallwisher)
މިއީ އޮންލައިން ނޯޓިސްބޯޑެކެވެ. ފެންނަފެނުމަށް މިއީ ވަކި
ހައްދެއްގައި އިންއެއްޗެއް ނަމަވެސް ރަނގަޅަށް ބޭނުންކޮށްފިނަމަ މިއީ
ނޯޓްކޮޅެއްގެބަދަލުގައި ބޭނުންކުރަން މާފަސޭހަ އެއްޗެކެވެ. ވޯލްވިޝާ
ބޭނުންކޮށްގެން ކުލާސްރޫމެއްގެ ފާރުފަދައިން ޑިޒައިން ކޮށްލެވިދާނެއެވެ. މިގޮތުން
ފޮތާއި ވީޑިޔޯ އަދި އޯޑިޔޯ ފަދަ ތަކެތިވެސް ލެވޭނެއެވެ. ވޯލްވިޝާގެ ހަޤީޤީ
ބޭނުމަކީ ގިނަމަސައްކަތްތަކެއް ވަކިޕްލޭނެއްގެދަށުން އަވަހަށް ނިންމާލުމެވެ. މިގޮތަށް
ލިޔާއެއްޗެހި ބޭނުން މީހަކާ ހިއްސާކޮށްގެން އެމީހުންގެ ޚިޔާލު ހޯދިދާނެއެވެ.
އެހެންކަމުން ކުދިން އެކުދިންގެ އެސައިންމަޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް
ހޯދައި އެމަޢުލޫމާތުތައް މީހުންނާ ހިއްސާކޮށް ރަނގަޅު ކުރަންވީބައިތައް ހޯދާލެވިދާނެއެވެ.
އަދި މުދައްރިސަކަށް އެމުދައްރިސެއްގެ ކުލާސް ކުރިއަށް ގެންދަންވީ ރަނގަޅު ގޮތްތައް
ހޯދާ ގިނަ ބައެއްގެ ޚިޔާލާ އެއްގޮތަށް ކުލާސް ކުރިއަށް ގެންދިޔުމުގެ ފުރުސަތު
ލިބިގެންދެއެވެ.
·
ޕްރިޒީ (prezi)
މިއީ ޕުރެޒެންޓޭޝަން ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. ޕަވާޕޮއިންޓްގައި
ހަދާފަދައިން އެކި ޕޭޖްތަކުގައި އެކި ތަކެތި ( ވީޑިޔޯ، ފޮޓޯ ) ފަދަ ތަކެތި
ލެވޭނެއެވެ. ޕްރެޒެންޓޭޝަން ތަރުތީބަކާނުލާ ބޭނުންތަނެއް ފަސޭހަކަމާއެކު
ބަލާލެވެއެވެ. ކުލާސްރޫމެއްގައިނަމަ ޕަވާރޕޮއިންޓަށްވުރެ ޕްރިޒީ ބޭނުންކުރަން
ފަސޭހައެވެ. ނަމަވެސް ޕްރިޒީއަށް ކުދިންނަށް ލޮގިންނެއް ނުވެވެއެވެ.
ރިފަރެންސް
http://www.edudemic.com/youtube-in-classroom/
http://www.emergingedtech.com/2013/09/the-many-benefits-of-using-ibooks-in-education/
ލިޔުނީ: ފާޠިމަތު ރިޝްމީ
މާޝާﷲ.. ވަރަށް ބޭނުންތެރި މަޢުލޫމާތުކޮޅެއް..
ReplyDeleteމިއީ ޓީޗަރަކަށް ވަރަށްވެސް ބޭނުންތެރި މައުލޫމާތު ތަކެކެވެ
ReplyDelete.ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ ވަރަށްފުރިހަމަ މަޢުލޫމާތުތަކެއް
ReplyDelete.ވަރަށް ގިނަ މަޢުލޫމާތު އެކުލެޥޭ ކިޔަވާކުދިންނަށް ބޭނުންތެރި މަޢުލޫމާތުކޮޅެއް ލިބިގެންދޭނެ ލިޔުމެއްކަން ފާހަގަ ކުރަމެވެ.
ReplyDeleteThis comment has been removed by the author.
ReplyDeleteކިޔަވައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީއަކީ ކިހާމުހިންމު ރޯލެއް އަދާކޮށްދޭ އެއްޗެއްކަން މި ލިއުމުން އެނގިގެންދޭ
ReplyDeleteކިޔަވައިދިނުމުގައި ބޭނުންކުރާ ބައެއް އެޕްލިކޭޝަނާއި ސޮފްޓުވެއާރ އާއި ބެހޭ ވަރަށް ބޭނުންތެރި މައުލޫމާތު ލިބެއްޖިއެވެ.
ReplyDeleteRishmee! varah molhu mauloomaathu mussan'dhi liyumeh ingey! Adhi ninmun genes dhin nama varah furihamavees
ReplyDeleterishmy vr molhu liyumeh
ReplyDeletevr furihama mauloomaath thakeh libigen hingahje
ކުރިންނޭގޭ މައުލޫމާތު ތަކެއް ލިބިގެން ހިގައްޖެ. ވަރަށް ފުރިހަމަ
ReplyDeleteކުރިންނޭގޭ މައުލޫމާތު ތަކެއް ލިބިގެން ހިގައްޖެ. ވަރަށް ފުރިހަމަ
ReplyDeleteވަރަށް އޮއްޓަރު ރަނގަޅު، ހުށަހެޅުން ވެސް ރަނގަޅު ލިޔުމެއް. ސާބަސް!
ReplyDelete