Tuesday, November 17, 2015

ޒަމާނީ ތަޢުލީމާއި ކުލާސްރޫމް



ޒަމާނީ ތަޢުލީމާއި ކުލާސްރޫމް

މިއަދު މިދަނީ ތަޢުލީމީ ދާއިރާ އެއްދުވަހުން އަނެއްދުވަހަށް ފުޅާވެ ކުރިއަރަމުންނެވެ. އެކިއެކި ގޮތްގޮތަށެވެ. ކިޔަވައިދިނުމުގެ ގޮތްތަކެވެ. އުޞޫލުތަކެވެ. ކިޔަވައިދިނުމަށް ބޭނުންކުރާ ވަޞީލަތްތަކެވެ. މިހުރިހާ ކަމެއްވެސްމިވަނީ ބަދަލްވެފައެވެ. ކުރިން ކިޔަވާންދޭން ގެންގުޅުނު ބޯޑާއި ޗޯކު މިވަނީ ދޫކޮށްލާފައެވެ. އޭގެ ބަދަލްގައި މިހާރުމިވަނީ މަލްޓިމީޑިއާގެ ވަޞީލަތްތަކުގެ ބޭނުންހިފަންފަށާފައެވެ.މަޤްޞަދަކީ ކިޔަވައިދިނުމުގައި މަލްޓިމީޑިއާގެ ވަސީލަތްޔައް އެންމެ ހެޔޮގޮތުގައި ބޭނުން ކޮންގެން ކުލާސް ތަކުގައި ކިޔަވާ ދިނުމެވެ. 
12 ވަނަ ގަރުނުގައި އިންޑިއާގައި ކިޔަވައިދިނުށާއި އުނގެނުމަށް، ކަޅުކުލައިގެ ތުނި ގައު (ސްލޭޓް ބޯޑް) ބޭނުން ކުރެވުނެވެ. އެތަކެއްޗަކީ އެތައްފަހަރަކު ބޭނުންކުރެވޭގޮތަށް އަދި ބޭނުންކުރުމަށްފަހު ދޮވެލެވޭގޮތަށް ހެދިފައިވާ ތަކެއްޗެވެ. ދިވެހިރާއްޖޭގައި އެގޮތަށް ބޭނުންކުރެވެމުންއައީ މަށި ބޭނުންކޮށްގެން ހަދާފައިހުންނަ ވޮށުފިލައެވެ. 18 ވަނަ ގަރުނަށް އައިއިރު ކިޔަވައިދިނުމަށް ސްކޫލްތަކުގައި ބްލެކް ބޯޑް ބޭނުންކުރަންފެށުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު އެމެރިކާގެ އާރމީގެ ތަމްރީންތަކަށާއި، ކިޔަވައިދިނުމަށް އޯވަރހެޑް ޕްރޮޖެކްޓަރުތައް ބޭނުންކުރެވުނު ނަމަވެސް 1990 ވަނަ އަހަރުން ފެށިގެން އޭގެ ބަދަލުގައި  ޕަވަރޕޮއިންޓާއި، ކަރަންޓު ޕްރޮޖެކްޓަރުތައް ބޭނުންކުރަންފެށުނެވެ. ތަޢުލީމާގުޅޭ ޓެކްނޮލޮޖީއާ ގުޅުންހުރި ގިނަ ކަންތައްތައް ތަރައްޤީވަމުންއައީ ހަމައެކަނި ތަޢުލީމީ ދާއިރާއަށް ޚާއްސަވެގެން ނޫންކަމާއި އެހެނިހެން ދާއިރާތަކަށްކަން (މައިގަނޑުގޮތެއްގައި ވިޔަފާރިއާގުޅޭ ދާއިރާތައް) ފާހަގަކޮށްލަމެވެ. މޮހޮލާ ޖޭ އެލް (2012)
މަލްޓީމީޑިއާއަކީ،ވީޑިއޯއާއި  އޯޑިއޯއާއި ގްރެފިކްސްއާއި  އެނިމޭޝަނާއި އަދި ޓެކްސްޓް ފަދަ މަޢުލޫމާތުތައް ފޯރު ކޮށްދޭ އިލެކްޓްރޯނިކު ވަސީލަތެކެވެ. މިމަޢުލޫމާތުތައް ފޯރު ކޮށްދިނުމުގައި ޢާއްމުކޮށް ބޭނުން ކުރެވޭ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ،ކޮމްޕިޔުޓަރުގެ އިތުރުން  ލެޕްޓޮޕާއި ޓެބްލެޓް ފަދަ ވަސީލަތްތަކެވެ. މިވަސީލަތްތަކުގެ އިތުރުން އައިޕޮޑާއި އައިޕެޑްގެ އިތުރުން ސްމާޓްފޯނާއި ސްމާޓްބޯޑް ފަދަ ވަސީލަތްތައްވެސް ހިމެނެއެވެ.މޮހޮލާ ޖޭ އެލް (2012)
ކިޔަވައިދިނުމުގައި މަލްޓިމީޑިއާގެ ދައުރު:

         އަދުގެ ދުނިޔޭގައި ދަރިވަރުންނާއި މުދައްރިސުން ގުޅުވައިދޭ އެންމެ ބޮޑު ވަޞީލަތަކީ މަލްޓިމީޑިއާއެވެ. ކުލާސްރޫމް ތަކުގައި ކިޔަވައިދޭނަމަ ކުދިންގެ ޝައުޤުވެރިކަން އިތުރު ވުމާއެކު ހަނދާނުގައި ހަރުލައްވަން ފަސޭހަވެއެވެ. ރޮގަރ ސްލެކް (1999) ހާމަކުރައްވާ ގޮތުގައި މަލްޓިމީޑިއާގެ ސަބަބުން ޓީޗަރުންގެ ކިޔަވައިދިނުމަށާއި ދަރިވަރުންގެ ނަތީޖާއަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. 



ކިޔަވައިދިނުމުގައި އިންޓަނެޓުގެ މުހިއްމުކަން: 
          ރޮގަރ ސްލެކް (1999) މަލްޓިމީޑިއާގެ ކްލާސްތައް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއްވަސީލަތަކީ، އިންޓަނެޓްކަން ޔަޤީނެވެ. އެހެންކަމުން އިންޓަނެޓަކީ ކޮބައިތޯ އެބަ ބަލައިލަން ޖެހެއެވެ. އިންޓަނެޓަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނަ ކޮމްޕިއުޓަރ ވިއުގަތައް އެކަތި އަނެކައްޗާއި މުއާސަލާތީ ގޮތުން ގުޅާލުމަށް ނުވަތަ އެއް ކޮމްޕިއުޓަރ އަނެއް ކޮމްޕިއުޓަރާއި  މުއާސަލާތީ ގޮތުން ގުޅާލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވިއުގައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން މައުލޫމާތު ހޯދައި އަދި ބޭނުން މައުލުމާތެއް ފަސޭހަކަމާއި އެކު އެއްކޮއްލުމަށް ދަރިވަރުނަށް އެހީވެދެއެވެ.  އަދި ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަވެގެންދެއެވެ. އަދި ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް އައިސީޓީ ކްލާސްތަކާއި އޮންލައިން ކޯސްތަކުގައި ބައިވެރި ވެވެއެވެ. އަދި ބޭނުންވާ މައުލޫމާތެއް ފަސޭހަކަމާއެކު  އިންޓަނެޓުން ހޯދާއި ލެވެއެވެ.  އެގޮތުން ކިޔަވައިދެއްވާ މުދައްރިސުންގެ ބްލޮގުން މައުލޫމާތު ނެގުމުގެ އިތުރު ގެއްލޭ ފިލާވަޅުތައްވެސް، ބްލޮގު މެދުވެރި ކޮށް ލިބިގެން ދިއުމަކީ  ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހައެކެވެ. ޑޭވިޑް ނަގެލް (2009) ހާމަކުރައްވާ ގޮތުގައި އެމެރިކާގައި ގާތްގަނޑަކަށް ބާރަމިލިއަން ޕޯސްޓް ސެކަންޑަރީ ދަރިވަރުން އޮންލައިންކޮށް ކިޔަވަމުން ގެންދެއެވެ. އަދި ލައިބްރަރީތަކަށް ދިއުމުގެ ބަދަލުގައި އީބުކްސްގެ އެހީގައި މައުލޫމާތު ހޯދާލުމުގެ ފަސޭހަކަން މިއަދު ވަނީ ލިބިފައެވެ. އަދި ބޮޑެތި ބަރު ދަބަސްތައް އުފުލުމުގެ ބަދަލުގައި ލެޕްޓޮޕް ނުވަތަ ޓެބްލެޓްފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުގެ ފަސޭހަކަން ލިބިގެން ދިއުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ޔަޤީނެވެ.
މޭރީ (2002) ހާމަކުރައްވާ ގޮތުގައި މިއަދުގެ ކްލާސްރޫމްތަކުން އެންމެ ބޮޑަށް ފެންނަނީ ސްމާޓް ބޯޑެވެ. ވައިޓްބޯޑަކީ ކޮމްޕިޔުޓަރ މެދުވެރިކޮށް ޕްރެޒެންޓޭޝަން ދޭ ޑިވައިސްއެކެވެ. މި ބޯޑުން ކޮމްޕިޔުޓަރުން ފެންނަ މަންޒަރުތައް ޑިޖިޓަލް ޕްރޮޖެކްޓަރ އެއްގެ އެހީގައި ކޮމްޕިޔުޓަރުން ފެންނަ މަންޒަރުތައް ވައިޓްބޯޑުން ފެނެއެވެ. މީގައި ބޭނުންކުރާ މީހާއަށް ކޮމްޕިޔުޓަރ ބޭނުންކޮށްގެން ބޭނުންކުރާ ގޮތަށް ވައިޓްބޯޑުންވެސް ބޭނުންކުރެވެއެވެ. އަދި ބޭނުންކުރާ މީހާއަށް ވައިޓްބޯޑާއެކު ދީފައި އޮންނަ ގަލަމެއް ނުވަތަ މިނޫންވެސް އެއްޗެއްގެ އެހީގައި  ވައިޓްބޯޑުން ދައްކާ އެއްޗަކަށް އިތުރު ބަދަލުތައް ގެނެވޭނެއެވެ. އޭގެ ތެރޭގައި ބޮޅުއެޅުމާއި ހައިލައިޓް ކުރުން ފަދަ ކަންތައްތައް ކުރެވެއެވެ. ވައިޓްބޯޑުގެ އިތުރުން ކޮމްޕިޔުޓަރުންވެސް ބަދަލުގެނެވެއެވެ. އަދި ވައިޓްބޯޑުގައި ލިޔާ ލިޔުން ނުވަތަ ނުވަތަ ކުރަހާ ކުރެހުން ކޮމްޕިޔުޓަރަށް ސޭވްކޮށް، ޕްރިންޓް ކުރަން ބޭނުންނަމަ ޕްރިންޓްވެސް ކުރެވިދާނެއެވެ.   މި ޓޫލް ބޭނުންކުރާ މީހުންނަށް އިންޓަރނެޓުން ސްމާރޓްބޯޑު ފިލާވަޅުތައް ފަސޭހަކަމާއެކު ލިބެން ހުރުމުން ހިސާބު، ސައިންސް، ގްރެމަރ ކިޔަވައިދެއްވާ ޓީޗަރުންނަށް ވަރަށް ފަސޭހަވެ މަގްޞަދު ހާސިލް ކުރެވޭ ކަމަށް ހާމަކުރައްވައެވެ.
ފައިދާތައް
މޭރީ (2002) އޭނާ ހާމަކުރައްވާ ގޮތުގައި މި ޓޫލުން ޓީޗަރުންނަށް މައިގަނޑު 12 ފައިދާއެއް ވެއެވެ. އެއީ:
*        މިއީ ފިލާވަޅު ހުށައަޅައިދިނުމަށް ވަރަށް ފަސޭހަ ޓޫލް އެކެވެ. ޓީޗަރު ކޮމްޕިޔުޓަރުން ހަދައިގެން ގެންނަ ފިލާވަޅު ބޮޑުގައި ދެއްކުމަށްފަހު އިނގިލިން ނުވަތަ އެނޫންވެސް ޓޫލެއް ބޭނުންކޮށްގެން އެއަށް ބަދަލު ގެނެސް، ހައިލައިޓްކޮށް ޕްރޮގްރާމަށް ބަދަލު ގެނެވެއެވެ.
*        މިއީ ގިނަ ކުލަތަކުން ޖަރީވެފައިވާ ޓޫލްއެކެވެ. ޓީޗަރު ބޭނުން ކުލައެއް މި ޓޫލް މެދުވެރިކޮށް ދެއްކޭތީ މިއީ ދަށް ކުލާސްތަކުގެ ކުދިން ވަރަށް ޝައުގުވެރިވާނެ ޓޫލެކެވެ.
*        ތަފާތު ލާރނިނގް ސްޓައިލްތައް ޓީޗަރުން ބޭނުންކުރެވޭނެއެވެ. ދަރިވަރަށް އަތްލައި އަޑުއަހައި ބެލުމުގެ ފުރުޞަތު ވައިޓްބޯޑުން ލިބެއެވެ. މިސާލަކަށް ފިލްމު ދެއްކުން ފަދަ ކަންތައްތައް
*        ހުރިހައި ގުރޭޑްތަކެއްގެ ދަރިވަރުންނަށާއި ތަފާތު މާއްދާތައް ކިޔަވައިދިނުމުގައި މިއީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޓޫލެކެވެ.
*        ދުރުންދޭ ތަޢުލީމުގައި ވައިޓްބޯޑު ބޭނުންކުރާއިރު އެއް ތަނަށްވުރެގިނަ ތަނުގައި ތިބި ކުދިންނާ މުޢާމަލާތު ކުރެވޭނެއެވެ. ވައިޓްބޮޑަކީ ކޮމްޕިޔުޓަރާ ގުޅިފައިވާ ވަސީލަތަކަށްވާތީ ވައިޓްބޯޑު ކޮމްޕިޔުޓަރު މެދުވެރިކޮށް އިންޓަރނެޓަށް ވަދެވެއެވެ.
*        ވައިޓްބޯޑު ބޭނުންކުރާނަމަ ބައެއް ދަރިވަރުން ވައިޓް ބޯޑުކައިރީ ހަރަކާތްތެރިވާއިރު އަނެއްބައިކުދިންނަށް ވައިޓްބޯޑާ ގުޅިފައިވާ ކޮމްޕިޔުޓަރުން އެހެން ބޭނުމެއް ހިފިދާނެއެވެ. އެހެންކަމުން ވައިޓްބޯޑު ބޭނުންކުރާނަމަ އިތުރު ކޮމްޕިޔުޓަރެއް ގެންނާކަށް ނުޖެހެއެވެ.
*        މިއީ ކޮންސްޓްރަކްޓިވް ކިޔަވައިދިނުމަކަށް ވަރަށް މުހިއްމު ޓޫލްއެކެވެ. ބައެއް މީހުން ސިފަކުރަނީ މިއީ "މައިންޑް ޓޫލް" އެއް ގޮތުގައެވެ. ވައިޓްބޯޑު ބޭނުންކޮށްގެން ކުދިންގެ ކްރިޓިކަލް ތިންކިންގް އިތުރުކޮށްދެއެވެ. މިގޮތުން ގުރޫޕް އިންޓަރެކްޝަން އާއި ފަސޭހައިން ބޭނުންކުރެވުމާއި ފަސޭހަ ސޮފްޓްވެއަރ އެއް މި ބޯޑު ބޭނުންކުރުމަށް ލިބިފައިވުމަކީ މި ޓޫލްގެ މުހިއްމު ސިފަތަކެވެ.
*        މި ބޯޑާއެކު ޑަސްޓާއާއި ޗޯކު ބޭނުންކުރަން ނުޖެހުމުން ކްލާސްރޫމްތެރޭގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަދި ވައިޓްބޯޑަކީ ފަސޭހައިން ފޮހެލެވޭ އެއްޗެކެވެ. އިނގިލި ބޭނުންކޮށްގެންވެސް ފޮހެލެވެއެވެ.
*        ކޮމްޕިޔުޓަރުން ހުޅުވައި ލައްޕާ ޕްރޮގްރާމްތައް އިނގިލިން ސްމާޓްބޯޑުން ހުޅުވައިލެއްޕެއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިންނަށް ފަސޭހަ ގޮތެކެވެ.
*        މިއީ އިންޓަރެކްޓިވް ކުރެވޭ ވަސީލަތެކެވެ. ބޭނުންކުރާ މީހާއަށް ބޯޑުގައި ލިޔެ، ކޮމްޕިޔުޓަރަށް ލިޔާ މަޢުލޫމާތު ފޯރުކޮށްދެވިދާނެއެވެ.
*        ވައިޓްބޯޑް ކެމެރާއާއި މިނޫންވެސް ވަސީލަތްތަކާ ގުޅައިލެވެއެވެ. މިސާލަކަށް ވީޑިއޯއެއް ކެމެރާ މެދުވެރިކޮށް ދައްކާނަމަވެސް އެ ވީޑިއޯއިން ފާހަގަކުރަން ބޭނުންވާ ކަންތައްތައް ފާހަގަކޮށް ހައިލައިޓް ކުރެވެއެވެ. އީ މީޓީންގް ތަކަށާއި ވޯކްޝޮޕް ތަކުގައިވެސް ބޭނުންކުރެވިދާނެ ޓޫލްއެކެވެ. މީޓިންގްގައި ބޯޑުގައި ކުރަހާ ކުރެހުންތައް މީޓީންގް ނިމުމުން ބޯޑުން ޕްރިންޓްކޮށްލައި އެންމެންނަށް ބަހައިލަންވީއެވެ.
ގެއްލުންތައް
އަގުބޮޑުވުން / ހަލާކުވުން/ ކުލާހުގައި ގިނަކުދިން ތިބިނަމަ ކުލާހުގައި އެކުޓިވިޓީ ގެންދަން އުދަގޫވުން / ކަރަންޓު ޚަރަދު ބޮޑުވާނެ /ބައެއްފަހަރު  ރެޑީނުވެ  އައުމުން ފުރިހަމަ ގޮތުގައި ބޭނުން ނުހިފިދާނެ/ އެންމެކުލާހެއްގައި ބޭނުންކުރާ ވަރަށް ހަރުކުރެވިފަނުހުރެދާނެ
އައިޕެޑްއަކީ ކޮބާ؟
މޭރީ (2002) އޭނާ ހާމަކުރާގޮތުގައި އައިޕެޑްފަދަ މަލްޓިމީޑިއާގެ ވަޞީލަތްތަކަކީ މިއަދުގެ ކިޔަވާކުދިން ޗޯކާއި ބްލެކް ބޯޑުގެ ބަދަލްގައި ރައްޓެހި ވަޞީލަތްތަކެކެވެ. އައިޕެޑްއަކީ ޓެބްލެޓް ކޮމްޕިއުޓަރއެކެވެ. އައިޕެޑް އުފައްދާފައިވަނީ  27 ޖެނުއަރީ 2010ގައި މަޝްހޫރު އެޕަލް ކުންފުނިންނެވެ. އައިޕެޑްއަކީ ލެޕްޓޮޕާއި ސްމާރޓް ފޯނާއި ދެމެދުގެ ކެޓަގަރީގައިވާ އެއްޗެކެވެ. މީގެ ސައިޒައް ބަލާއިރު ތަފާތު ސައިޒްތައް ހުރެއެވެ. އޭގެތެރޭގައި ސްކްރީނުގައި 9.7 އިންޗި ހުންނަ އައިޕެޑާއި ބަރުމިނުގައި 1.5 ކިލޯ ހުންނަ އައިޕެޑް ހިމެނެއެވެ. ގާތްގަޑަކަށް 10 ގަޑިއިރު ބެޓެރީގެ ޗާޖު ހިފަހައްޓާއިރު 
އެޕަލް އައިޕެޑްގައި  ބޭނުންކުރުމައް 1000 އައްވުރެގިނަ އެޕްލިކޭޝަން ހަދާފައިވެއެވެ.
އައިޕެޑް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތް 


އައިޕެޑްއަކީ ދަރިވަރުން އެވަޞިލަތަކާ ރައްޓެހި ވަޞީލަތެކެވެ. މިއީ ޓަޗް ސްކްރީން އެއްޗެއްކަމުން ހުރިހާކަމެއްވެސްވާނީ ސްކްރީންގައި ޓަޗްކުރުމުންނެވެ. މުދައްރިސް ފިލާވަޅު ނަގައިދެމުންދާއިރު މަޢުލޫމާތުތައް ވަގުތުން ވަގުތައް ވައިފައި މެދުވެރިކޮށް ނެޓައް ވަދެ އައިޕެޑްއިން  ހޯދާލެވެއެވެ. އަދި ކިޔަވައިދޭ މަޢުލޫމާތު ކޮމްޕިއުޓަރގައި ސޭވް ކުރާ އުސޫލުން ސޭވް ކުރެވެއެވެ. މިހެންވުމުން ދަރިވަރުންނައް މަޢުލޫމާތު ދަސްކޮށް ވިސްނައި ނަތީޖާ ރަނގަޅުކުރުމައް ލިބޭ ފުރުޞަތުތައް އިތުރުވެއެވެ. އަދި ކިޔެވުމައް ޝައުޤުވެރިކަން އުފެދެއެވެ. އެކި ކުދިންނަކީ ތަފާތު ގޮތްގޮތައް ދަސްކުރާކުދިންނެވެ. އަދި ދަރިވަރުންނަށް ފަސޭހަކަމާއެކު ފިލާވަޅު އައިޕެޑްއަކީ މަލްޓިމީޑިއާގެ އެހެން  ވަޞީލަތް ކިޔަވައިދިނުމުގައި ތަފާތު އެތައް ގޮތަކަށް ބޭނުންކުރެވިދާނެއެވެ.

އައިޕެޑްގައި ހިމެނޭ ތަފާތު ބައިތައް


*      އެކްސެސެބްލިޓީ ފީޗަރސްތައް (ވޮއިސްއޯވަރ ގެސްޗަރ ބޭސްޑް ސްކްރީނު ރީޑާރ މިއީ ލޯފަން މީހުންނަށް ޙާއްސަކޮށްފައިވާ ފީޗަރއެކެވެ.
*      ޒޫމް ފިޗަރ: ކޮންމެ އެޕްލިކޭޝަނެއްވެސް އަސްލު ސައިޒުގެ 5 ގުނައަށް ބޮޑު ކޮށްދެވެއެ    
*      ކްލޯސަޓް ކެޕްޝަންޑް: މީއީ އަޑުއެހުމުން މަހުރޫމްވެފައިވާ މީހުންނަށްޓަކާ ތައްޔާރުކުރެވިފައިވާ ފީޗަރ އެކެވެ.
*      މޮނޯ އޯޑިއޯ: މިއީ އެއްކަންފަތަށް އަޑުއިވޭމީހުންނަށް ދެފަރާތައް އެއްވަރަށް އަޑުއިވޭގޮތައް އަޑު ސެޓްކޮށްދޭ ފީޗަރއެކެވެ.
*      (އަލި)  މިއީ ސްކްރީނުގެ އަލި ސެޓްކޮށް ދިނުމަށް އެހީވާ ފިޗާރއެކެވެ. މިގޮތުން މިފީޗަރއިން ބޭނުންވާ ވަރަށް އަލިގަދަކޮށް މަޑުކޮށްދެއެވެ.
*      އެހެނިހެން ސްމާރޓް ފޯނުތަކުގައި ހުންނަ ސްޕީކަރ، މައިކް، ބްލޫޓޫތް، ވައިފައި އަދި 3 ޖީގެ ވަސީލަތް އައިޕެޑް ގައިވެސް ހިމެނެއެވެ. އަދި އައިފޯނުގެ އެޕްލިކޭޝަންތައްވެސް އައިޕެޑްގައި ބޭނުންކުރެވެއެވެ.
ކިޔަވައި ދިނުމުގައި އައިޕެޑް ބޭނުންކުރުމުގެ ފައިދާތައް
ފިލާވަޅުތައް ފޮތުގައި ކޮންމެހެން ނޯޓްކުރާކަށް ނުޖެހެއެވެ. އައިޕެޑްގައި ނޯޓްކުރެވިދާނެއެވެ. އަދި ބޭނުންގޮތަކަށް އަތުރާލަމުން ގެންދެވިދާނެއެވެ. ވައިފައި ކުލާހަށް ލިބޭނަމަ ފިލާވަޅު ގުޅޭމައުލޫމާތު ވަގުތުން ހޯދާލެވިދާނެއެވެ. އައިޕެޑުން ބޭނުން މައުލޫމާތެއް ނެޓްމެދުވެރިކޮށް ހޯދެއެވެ. އަދި އައިޕެޑްގައި ހިމެނޭ ބެކް މިއުޒިކާއެކު ޕްރަޒެންޓޭޝަން ހުށައަޅާލެވެއެވެ. އައިޕެޑް ބޭނުންކުރާނަމަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ ކުލާސް ކޮންޓްރޯލް ކުރަން ފަސޭހަވާނެއެވެ.
ގެއްލުންތައް
އަގުބޮޑުވުން / ހަލާކުވުން/ ކުލާހުގައި ގިނަކުދިން ތިބިނަމަ ކުލާހުގައި އެކުޓިވިޓީ ގެންދަން އުދަގޫވުން / ކަރަންޓު ޚަރަދު ބޮޑުވާނެ /ބައެއްފަހަރު  ރެޑީނުވެ  އައުމުން ފުރިހަމަ ގޮތުގައި ބޭނުން ނުހިފިދާނެ
[ވެބް ލަރނިންގ]ގެ މައިގަނޑު މަޤުޞަދު:
މުޙައްމަދު ޢަދްލީ( 2012) މިވެބް ލަރނިންގެ މައިގަނޑު މަޤްޞަދު ތަކުގެތެރޭގައި ހިމެނެނީ، އުނގަންނައިދިނުމުގައިކުދިންޝައުޤުވެރިވާއާގޮތެއްތަޢާރަފު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީއަށް އަންނަމުންދާ އަވަސް ބަދަލާއެކު ޓެބްލެޓްފަދަ ވަޞީލަތްތަކުގައި ކިޔަވައި ދިނުމަށް އާވިސްނުމެއް ތަޢާރަފް ކުރުމެވެ.
[ވެބް ލަރނިންގ]ގައި އެކުލެވޭ ތަފާތު ބައިތައް:
        މުޙައްމަދު ޢަދްލީ ( 2012 )  ވެބްލަރނިން ހަދާ ކިޔަވާދޭން ބޭނުންވާ ބައިތަކެއް ހިމެނިދާނެއެވެ. މިސާލަކަށް އެބައިތަކަކީ،1-ޤުރްއާން 2- ޙަދީޘް 3- އިސްލާމީ ޢަޤީދާ 4- އިސްލާމީ ފިޤުހް  އަދި މީގެ އިތުރުން  މުރާޖަޢާގެ ބައެއް ހިމެނިފައިވާނެއެވެ. މިބައިތަކުން ބޭނުންވާ ބަޔަކަށް ކްލިކް ކޮށްލުމުން އެބަޔަކަށް ވަދެވޭނެއެވެ. އަދި އެއިން ކޮންމެ ބައެއްގައި އެބައިގައި ހިމެނޭ ފިލާވަޅުތަކުގެ ނަންތައް ލިޔެވިފައި ވާނެއެވެ.   އޭގެ ތެރޭގައި ޓެސްޓާއި ގޭމާއި ކުއިޒުގެ އިތުރުން ޚުލާސާއާއި އަވަސް ޖަވާބު ހިމެނެއެވެ. މިތަނުން ބޭނުން ބަޔަކަށް ކްލިކް ކޮށްލުމުން އެބަޔަކަށް ވަދެވޭނެއެވެ.
ފްލޭޝް ނޯޓްސް
ފްލެޝް ނޯޓްސް އަކީ އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އެމާއްދާއެއްގެ ނޯޓްސް ސްޓަޑީ ގައިޑް އަދި ކިޔެވުމަށް ބޭނުންކުރާ އެއްޗެހި ގަނެވިއްކާ އެޕެކެވެ.ލީޑިންގް އޮންލައިން ޓީޗިން ( 2012 )
އެޕްގެ ފައިދާ
v     ސްކޫލަށް ޙާޟިރުނުވެވެސް ފަސޭހަކަމާއެކު އެދުވަހެއްގެ ފިލާވަޅުތައް ގަނެލެވޭނެއެވެ.
v     ފިލާވަޅު ރަގަޅަށް ނަގައި ނުގަނެވެއްޖެނަމަ މި އެޕްގެ ޒަރީއާއިން އިތުރަށް އެހީ ލިބެއެވެ.
v     ކުދިންގެ ތަޢުލީމީ ފެންވަރު އިތުރު ވާނެއެވެ.
v     ފިލާވަޅުތައް ރަގަޅަށް ޕުލޭންކޮށް ވަރަށް ތަރުތީބުކޮށް ގެންދެވިދާނެއެވެ.
v     ޓީޗަރ ކިޔާ ހުރިހާ އެއްޗެއް ނޯޓްނުކުރެވި ހަދާންނެތިދާނެތީ ޕްލޭސް ނޯޓްސް ބޭނުންކުރެވޭނެއެވެ.
އެޕްގެ ގެއްލުން
v     ކަންފަސޭހަވުން.
v     ޓީޗަރުންގެ ކުލާސްތައް / ލެކްޗަރާތަކަށް ޙާޟިރުވާން ބޭނުން ނުވުން.
v     ނޯޓްސްތައް ގަންނަން އާދަޔަކަށް ހަދާފިނަމަ އަގުބޮޑުވާނެ.
v     ނޯޓސްތައް ލިބެންހުންނަ ނަމަ ނުވިސްނާނެ.
v     ޓީޗަރ ދައްކާ ވާހަކަ އަޑުއަހަން ފޫހިވުން.
v     އެންމެ އެދެވޭގޮތުގައި ބޭނުން ނުހިފުން.
ލެސަން ކާސްޓް
ލެސަންކާސްޓް އަކީ ކިޔަވައިދޭ މީހުންނަށް އެމީހުންގެ އެޑިއުކޭޝަނަލް ލެސަން ޕުލޭންއެވެ. އެކަޑަމިކް ނުވަތަ ޕްރޮފެޝަނަލް ކުރިއެރުންތައް ދައްކުވައިދީ އެހީތެރި ވުމުގެ ގޮތުން ދައްކާ ސުލައިޑްޝޯ އެއްކަހަލަ ވީޑިއޯ ޓޫލްއެކެވެ.
ލެސަން ކާސްޓްގެ ފައިދާ
§         ތަޖުރިބާ ނެތްމީހުންނަށް އެހީ ލިބޭނެއެވެ.
§         ކިޔަވައިދިނުމުގައި އާ އުކެލުތައް ދަސްކުރެވޭނެއެވެ.
§         ރަގަޅު ބޭނުންތެރި ކިޔަވައިދިނުމަކަށް ހަދައި ދިނުމަށް ޓީޗަރުންނަށް އެހީތެރިވެދޭނެއެވެ.
§         އެހީތެރިކަން ލިބޭނީ އެޑިއުކޭޝަން ސެކްޓާގައި މަސައްކަތްކުރާ ވަރަށް ޤާބިލް މީހުންނަށެވެ.
§         ކިޔަވައިދިނުމުގައި އެހީތެރިވެ ދިނުމަށް އެޓީޗަރަށް ފެންނައެންމެ އުދަގޫ ދާއިރާތަކަށް އެހީވެދިނުމުގައި އިސްކަންދިނުމެވެ.

ލެސަން ކާސްޓްގެ ގެއްލުން
§         ބޭނުންވާ މިންވަރަށް ބައެއްފަހަރު އެހީތެރި ވުމުގައި އުދަގޫތައް ދިމާވެއެވެ.
§         އިންޓަނެޓް ސުލޯ ނުވަތަ ރޭންޖް ދަންނަމަ ވާހަކަ ދައްކާ މުއާޞަލާތު ކުރަން ދަތި އުދަގޫވެއެވެ.
§         ބޭނުންވާއިރަކު އެމީހުންނާއި ވާހަކަދަށްކަން އުޅޭއިރު ވާހަކަ ދަށްކާނެ ފުރުޞަތު ނުލިބުމެވެ.
§         ތަޖުރިބާހުރި މީހުންނަށް އެހީވުމަށް ވަގުތު ނުލިބުމެވެ.
ކުއިޒް ލެޓް  
  މުޙައްމަދު ޢަދްލީ ( 2012 )  ހާމަކުރައްވަނީ ކުއިޒް ލެޓަކީ އޮންލައިކޮށް ކިޔަވައިދޭ ޓޫލެކެވެ. މިޓޫލްގެ ބޭނުން އެންމެ ޖެހޭނީ މަތީ ސާނަވީގެ ކުދިންނަށެވެ. ސްކޫލްގައި ކިޔަވައިދޭ އެއްޗެހީގެ އިތުރުން މި އޮންލައިން ޓޫލުން އިތުރު އެހީ ލިބޭނެއެވެ. ސްކޫލަށް ޙާޟިރު ނުވެ ގޭގައި ހުރެގެންވެސް ކިޔައިލެވިދާނެއެވެ.
ކުއިޒް ލެޓްގެ ފައިދާ
·         މިޓޫލް މަސައްކަތް ކުރަނީ ކުދިންނަށް ފިލާވަޅު ހިތުދަސްކޮށްދޭ އުޞޫލުން އެކުދިންނަށް ފިލާވަޅުތައް ނަގައި ގަތުމަށްޓަކައެވެ.
·         ކިޔަވައި ދިނުމުގައި ބޭނުންކުރެވޭ ތަފާތުގޮތްތައް ގޮތްތައް ބޭނުންކޮށްގެން މިޓޫލް ގެ އެހީގައި ކިޔަވައި ދެވޭނެއެވެ.
·         ކުދިން މޯޓިވޭޓްކޮށް ބެހެއްޓުމަށްޓަކައި ތަފާތު ބާވަތްތަކުގެ އެކްޓިވިޓީސްތައް ބޭނުންކޮށް ކިޔެވުމުގައި އެހީތެރިވެދޭނެއެވެ.
·         މި ޓޫލަށް އިންޓަނެޓް ބޭނުންވިއަސް، އެހެން ވެބްސައިޓް ތަކާއި ޚިލާފަށް މި އޮންލައިން ޓޫލުން މުޅިން ހިލޭ ކިޔަވައި ދެވެއެވެ.
·         ސޮފްޓްވެއަރ އިންސްޓޯލް ކުރާކަން ނުޖެހެއެވެ.
·         ފޯނުފަދަ ތަކެތީންވެސް މި ޓޫލް ބޭނުންކުރެވޭނެއެވެ.
·         ރައްޓެހިންނާ އެއްކޮށް ގުރޫޕް ސްޓަޑީވެސް ހެދިދާނެއެވެ.
ކުއިޒް ލެޓްގެ ގެއްލުން            
·         ބައެއްފަހަރު ދޮގު މަޢުލޫމާތު ވެސް ލިބެއެވެ.
ފޮލިޕްޑް ކުލާސްރޫމް
 ޑޭވިޑް ނަގެލް (2009) ބުނެފައިވާގޮތުގައި ފުލިޕްޑް ކުލާސް ރޫމަކީ ކިޔަވައި ދީފައިވާ ލެކްޗަރސް ތަކާއި ހޯމްވޯކްތައް އަލުން އެހެންގޮތަކަށް ތަކުރާރުކޮށް ކިޔައިދޭ ޕެޑޮލެޖިކަލް މޮޑެލް އެކެވެ. ޢާންމުކޮށް ސުކޫލަށް ޙާޟިރުވުމުގެ ކުރިން ކުދިންނާއި ޙަވާލު ކުރާނެ ކުރު ވީޑިއޯ ލެކްޗަރސްތައް އަޑުއަހާ އޮޅުންފިލުވާ ހަދައިގެން، ކުލާހަށް އައިސް ކުލާހުގައި ކިޔަވައި ނުދީ  ކުލާހުގައި އެކުދިންނަށް މުޅިންވެސް ދެވޭނީ އެކްސަސައިޒް ތަކާއި އިތުރު މަސައްކަތް ތަކެވެ.
ފްލިޕްޑް ކުލާސްރޫމުގެ ފައިދާ
ފްލިޕްޑް ކުލާސްރޫމުގެ ގެއްލުން
އިތުރު މަސައްކަތްތައް ކުރުވުމުގެ ސަބަބުން އިތުރަށް ފިލާވަޅު ނަގައި ގަނެވޭނެއެވެ.
ދަރިވަރު ކަންފަސޭހަވާނެއެވެ.
ކުދިންގެ ބައިވެވުން އިތުރުވާނެއެވެ.
ފިލާވަޅަށް ސަމާލުކަން ނުދެވުން.
ކުދިންނަށް ލިބޭނެ އިތުރު ފުރުސަތުތައް ހޮޅުވިގެންދާނެއެވެ.
ގުރޫޕް މަސައްކަތް ކުރުމަށް ޙަވާލުކުރުމުން އެއްބައިކުދިން މަސައްކަތް ނުކޮށް ފިލާވަޅު ނަހަދައި އަޅާނުލާ ތިބުން.
ފިލާވަޅުތައް އަވަހަށް ދެނެގަނެ އަދި ނޭގޭ ދާއިރާތަކުން އިތުރަށް އޮޅުންފިލުވައި ހެދޭނެއެވެ.
މޮޅެތި ލެކްޗަރ ތަކުން ފިލާވަޅު ނަގައިގަތުމަށް ދަރިވަރަށް އުދަގޫވުން.
ބޮޑެތި ލެކްޗަރތައް އެއްފަހަރާ ކިޔައިދިނުމުން ކުދިންނަކަށް ނުއެއް ވިސްނޭނެއެވެ. އެހެންކަމުން ފްލިޕްޑް ކުލާސްރޫމް ބޭނުންކުރުމުން އެ ދަރިވަރަކު ބޭނުންވާ މިންވަރަކަށް ފިލާވަޅު ކުރިއަށް ގެންދެވި އިތުރަށް ނަގައި ދެވޭނެއެވެ.
ނަތީޖާ ދަށްވުން.
ކުލާހަށް ޙާޞިރު ނުވެވުނު ކަމުގައި ވިއަސް ވީޑިއޯ ލެކްޗަރސްތައް އަބަދުވެސް ލިބެން ހުންނާނެއެވެ.
ޓީޗަރުން އިތުރަށް މަސައްކަތްކުރަން ޖެހުން.
ބެލެނިވެރިންނަށް އެހީތެރިވެ ދިނުމުގެ ފުރުޞަތު ތަނަވަސްވާނެއެވެ.
ބޮޑެތި ލެކްޗަރތައް އެއްފަހަރާ ކިޔައިދިނުމުން ކުދިންނަކަށް ނުއެއް ވިސްނޭނެއެވެ.


ޕޭޕަރ ޓެބް
ޕޭޕަރ ޓެބްލެޓަކީ ޓެބްލެޓެއްގައި ހުންނަ ހުރިހާ ސިފަތަކެއް ހުންނަ ހުރިހާ ބޭނުންތަކެއް ކުރެވޭ އެހެންނަމަވެސް ގަޑެއްހާ ތުނި އަދި މާ ފަސޭހައިން ގެންގުޅުވޭ އެއްޗެކެވެ. ޑޭވިޑް ނަގެލް (2009)
ޕޭޕަރ ޓެބްގެ ފައިދާ 
o       ފަސޭހަކަމާއެކު ނޯޓްތައް ނެގޭނެއެވެ. އަދި ލިޔުމަށްދާ ވަގުތު ސަލާމަތް ކުރެވެނެއެވެ.
o       ޕޭޕަރ ޓެބާ އެއްކޮށް ބޭނުންކުރާ ޑިޖިޓަލް ގަލަމުން ވަރަށް ފަސޭހަ ކަމާއެކު ގުރާފް ފަދަ ތަކެތި ހަދާލެވެއެވެ.
o       ގަނޑަށްދާ ޚަރަދު އެއްކޮށް ކުޑަކޮށްލެވޭނެއެވެ.
o       ޓެސްޓްތަކުގައި ޕޭޕަރ ބެހުމުގެ ބަދަލުގައި މެއިން ކޮންޓްރޯލް ޑިވައިސްއެއްގެ އެހީގައި ޕީޑީއެފް ފައިލެއްގޮތުގައި ހުރިހާ ޓެބްލެޓް ތަކަކަށް ފޮނުވާލެވެއެވެ.
o       ކުދިންގެ ހުނަރުވެރިކަން އިތުރުވެގެންދާނެއެވެ.
o       ފިލާވަޅުތައް ވަރަށް ސާފުވެގެން ދާނެއެވެ.
o       ލިޔުމުގެ ބަދަލުގައި ޓައިޕް ކުރެވިދާނެއެވެ.
o       ޕޭޕަރ ޓެބަކީ ފަސޭހައިން ގެންގުޅެވޭ އެއްޗެކެވެ.
ޕޭޕަރ ޓެބްގެ ގެއްލުން
o       ސްކްރީން މައްސަލަޖެހި ހަލާކުވުމުގެ ފުރުޞަތު ބޮޑެވެ.
o       ޕޭޕަރ ޓެބް ތުނިވުމުން ބައެއް ކަހަލަ މަސައްކަތް ކުރަން އުދަގޫތައް ކުރިމަތި ވެއެވެ.
o       ޕޭޕަރ ޓެބް އަގުބޮޑުވުން.
o       ހުރިހާ ކުދިންނަށް ޕޭޕަރ ޓެބް ފޯރުކޮށް ދިނުމުގެ ފުރުޞަތު ކުޑައެވެ.
o       އަމިއްލަ މަސައްކަތް ތަކުގައި މަސްޢޫލުވެ އުޅުމުގެ ފުރުޞަތު ބޮޑެވެ.
ކްރޮމް ބުކް
 މޮހޮލާ ޖޭ އެލް(2012 )ކްރަމް ބުކް އަކީ ވަރަށްލުއި ލެޕްޓޮޕެއްގެ ސިފާގައި ހުންނަ ހަމައެކަނި ނެޓަށް ވަދެވޭ އެއްޗެކެވެ. މި ކްރޮމް ބުކްގެ ބޭނުން އެންމެ ބޮޑަށް ޖެހެނީ ގިނަ ވަގުތު އިންޓަނެޓްގައި އޮންލައިންވެގެން ކިޔަވާ މީހުންނަށެވެ. މި ކްރޮމް ބުކް ގައި ބޭނުންކޮށްފައި ވަނީ ކޮރޭމް އޯ އެސް ކިޔާ ސިސްޓަމް އެކެވެ. އެޑިއުކޭޝަން ދާއިރާގައި އެންމެ ބޭނުންތެރިވާނީ އޮންލައިންކޮށް ކިޔަވައިދޭ މީހުންނެވެ.
ކްރޮމް ބުކްގެ ފައިދާ
ކްރޮމް ބުކްގެ ގެއްލުން
ފަސޭހައިން އެއްތަނުން އަނެއްތަނަށް ކްރޮމް ބުކް ގެންދެވޭ
އެހެން ލެޕްޓޮޕް ތަކުގައި ހުންނަ ސިފަތަކެށް ނުހުރޭ
އެވްރެޖް ލެޕްތޮޓް ތަކަށް ވުރެށް އަގުހެޔޮ/ އޮޓެމެޓިކުން އަޕްޑޭޓުވާނެ
ސީޑީ ނުވަތަ ޑީވީޑީ ފަދަތަކެތި ބޭނުންނުކުރެވޭ
ކްރޮމް ބުކް އަވަހަށް ހޮޅުވި ލެޕްޓޮޕް ސުޕީޑް އަވަސް ވާނެ
އިންޓަނެޓްގެ ހަރަދުތަށް ބޮޑުވާނެ
ގިނައިރު ޗާޖު ހިފަހައްޓާނެ/ ސެކުރިޓީ ވަރަށް ވަރުގަދަ ވާނެ
އިންޓަނެޓް ފިޔަވާ އެހެން އެއްވެސް ބޭނުމެއްނުކުރެވޭ

  [ވެބް ލަރނިންގ] އާއި އެހެނިހެން މިފަދަ ޓޫލްތަކާއި ހުރި ތަފާތުތައް:
      މުޙައްމަދު ނާއިފް ( 2012)   މިފަދަ އެހެން ޓޫލްތައް ބޭނުން ކުރާނަމަ އިންޓަނެޓަކީ ކޮންމެހެންވެސް ހުންނަން ޖެހޭ އެއްޗެކެވެ. އިންޓަނެޓް ނެތްނަމަ އެފަދަ ޓޫލްތައް ބޭނުމެއް ނުކުރެވެއެވެ. އަދި  އެހެން ވަޞީލަތަކަށް ބޭނުން ވުމުގެ އިތުރުން  ދަސްކޮށްގެން މެނުވީ  ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް [ވެބް ލަރނިންގ] ބޭނުން ކުރާ އިރު އިންޓަނެޓް ބޭނުން ކުރަން ނުޖެހުމުގެ އިތުރުން ބޭނުންކުރަން ފަސޭހައެވެ. ދަސްކުރުމަށް ވަގުތު ހޭދަކުރާކަށް ނުޖެހެއެވެ.
ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ހުރި ފައިދާތައް:
         ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ޝައުޤުވެރި އުނގެނުމަކަށް މަގުފަހިވުމާއި  ގިނަ ފޮތްތަކެއް އުފުލަން ނުޖެހުމާއި ވަގުތު ސަލާމަތްވުމުގެ އިތުރުން  ޚަރަދު ކުޑަ ވަޞީލަތަކަށް ވުމާއި  ފަސޭހައިން ފިލާވަޅުތައް ރައްކާކުރެވޭ ވަޞީލަތަކަށް ވުން ހިމެނެއެވެ.
ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރެވޭގޮތް:
      މުޙައްމަދު ނާއިފް ( 2012  ) ކިޔަވައިދިނުމުގައި މިޓޫލުބޭނުން ކުރެވޭނީ ސްމާޓްބޯޑްގައެވެ. އިސްލާމް ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން އެދުވަހަކު ކިޔަވައިދޭން ބޭނުންވާ ބަޔަކަށް ކްލިކް ކޮށްލާނީއެވެ. އޭރުން އެބަޔަކަށް ވަދެވޭނެއެވެ. މިސާލަކަށް، ފިޤްހުގެ ބައިގެ ފިލާވަޅެއް ކިޔަވައިދޭން ބޭނުންވާނަމަ އެބަޔަށް ކޮލިކް ކޮށްލުމުން އެބަޔަށް ވަދެވޭނެއެވެ. އަދި އެބައިން ކިޔަވައިދޭން ބޭނުންވަނީ ވަޤުފު ފިލާވަޅު ކަމުގައިވާނަމަ، އެފިލަވަޅަށް ކްލިކް ކޮށްލުމުން އެފިލާވަޅު ހުޅުވޭނެއެވެ. ފިލާވަޅުގައި ހިމެނޭ އާޔަތްތަކާއި ޙަދީޘްފުޅުތައް އަޑާއެކު ކުދިންނަށް ކިޔަވައިދޭން ބޭނުންވާނަމަ، އެއާޔަތް ނުވަތަ ހަދީޘް ފާހަގަކޮށް ސައުންޑަށް ކްލިކް ކޮށްލުމުން އަޑާއެކު ކިޔައިދޭނެއެވެ. އެގޮތަށް މުޅި ފިލާވަޅު އެކީގައި ހުށައަޅައިދެވޭނެއެވެ.
 
އިންޓަރނެޓް ބޭނުންކުރުމުގައި އަޙްލާޤީ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރިކުރުމައްޓަކައި މުދައްރިސުންނައް ކުރެވިދާނެ ކަންތައްތައް
މުޙައްމަދު ނާއިފް ( 2012 ) މަލްޓިމީޑިއާގެ ތަފާތު ވަޞީލަތްތަކަކީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ކޮންމެ ފަރާތަކަށްވެސް ފައިދާ ލިބޭ އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފިއްޖެނަމަ އޭގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާނެ ވަޞީލަތްތަކެކެވެ. ދަރިވަރުން މިފަދަ ވަޞީލަތްތައް ބޭނުންކުރާއިރު އަޚްލާޤީ މިންގަޑަށް ދަރިވަރުން އަހުލުވެރި ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ދަރިވަރުންގެ ބެލެނިވެރިންނަށް ކަމާބެހޭ ޞައްޙަ މަޢުލޫމާތުތައް ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ޕޮރޮގްރާމްތައް ހިންގިދާނެއެވެ. މީގެއިތުރުން ދަރިވަރުންގެ ޢުމުރާނުގުޅޭ ސައިޓްތަކަށް ވަނުން މަނާކޮށް އެކަން އެގޮތައް ނުކުރުމައް ތަކުރާރުކޮށް ދަރިވަރުންނަށް ނަސޭހަތްތެރިވުން ވަރަށް މުހިއްމެވެ.


ރެފަރެންސް
*        Mohler, J. L. Using interactive multimedia technologies to improv
*        student understanding of spatially dependent engineering. Retrieved October 11, 2012, fro
*          http://www.stanford.edu/dept/SUSE/projects/ireport/articles/3D/spatially%20dependent.pdf
*        Leading online learning . (2012). Retrieved October 10, 2012, from
*        http://www.open.edu.au/
*        މުޙައްމަދު ޢަދްލީ ( 2012 ) ތަޢުލީމީ ދާއިރާގައި އައި.ސީ.ޓީ. ޖަމާޢަތުގެ ޙަބަރު ( 408 )ޞ 12 .
*        މުޙައްމަދު ނާއިފް ( 2012 ) ކިޔެވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން. ޖަމާޢަތުގެ ޙަބަރު ( 
*                http://en.wikipedia.org/wiki/Smartboard

http://sites.google.com/site/smartsharecenter-



   








 އާމިނަތު ނާޞިޙާ

11 comments:

  1. ދެވިފައިވާ މައުލޫމާތުގެ ދެފަރާތަށް ނަޒަރުހިންގާލުމުން ކުރެވޭ ބޭނުމުގެ ފުރިހަކަން އެގިގެން ހިނގައްޖެ

    ReplyDelete
  2. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  3. މަޢުޟޫ ވަރަށް ރަނގަޅަށް އޮޅުން ފިލާފައިވޭ! ރަނގަޅު މަސައްކަތެއް ކަމަށް ޤަބޫލކުރެވޭ

    ReplyDelete
  4. ވަރަށް ރަނގަޅަށް އެކުލަވާ ލެވިފައިވާ މަޢުލޫމާތު ހުރިކަން ފާހަގަކުރަން

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. މަޢުލޫމާތު މުއްސަނދި ވަރަށް އޮއްޓަރު ހުރި ލިއުމެއްކަމުގައި ފާހަގަ ކުރެވޭ

    ReplyDelete
  7. މަޭުލޫމާތު ވަރަށް މުއްސަނދި އޮއްޓަރު ހުރި ލިއުމެއްކަމުގައި ފާހަގަ ކުރެވެއެވެ

    ReplyDelete
  8. މަޭުލޫމާތު ވަރަށް މުއްސަނދި އޮއްޓަރު ހުރި ލިއުމެއްކަމުގައި ފާހަގަ ކުރެވެއެވެ

    ReplyDelete
  9. މަޢުލޫމާތުން ފުރިފައި މުއްސަދި ލިޔުމެކެވެ ލިބޭގެއްލުން ތައް ހިމަނާފައި ވުމަކީ ލިޔުމަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ..

    ReplyDelete
  10. ވަރަށް އިލްމީ ލިޔުއްވުމެއް.

    ReplyDelete
  11. ވަރަށް ބޭނުން ތެރި ލިޔުމެއް

    ReplyDelete