ޒުނެއިރާ އަބްދުއްރަޙްމާން
އެޑިއުކޭޝަނަލް
ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާ ގޮތް/ތާރީޚް
އިންސާނާގެ ވިސްނުމަކީ އެހެން ހުރިހާ
މަހުލޫޤުންގެ ވިސްނުމަށްވުރެ މަތިވެރި ވިސްނުމެކެވެ. ތިމާދިރިއުޅެން މެދުވެރި ކުރެއްވި ކޮންމެ ތަނެއްގައި ސާބިތުކަމާއިއެކު
މަސައްކަތް ކޮށް ކާމިޔާބުހޯދައެވެ. އިންސާނައަށް ވުރެ ބިމުގައި މާތް
މަހުލޫޤެއްނުވާނެކަން ޤަބޫލުލުކޮށް ބިމުގެ އެކި ހިސާބުތަކުގައި ﷲގެ ރިޒުޤް ހޯދުމަށް މަސައްކަތް ކުރުއެވެ. ތަނެއް
ކުރިއަރާދާނީ އެތަނެއްގައި މީހުން ވަޒަންވެރިވުމަކުންނޫނެވެ. ވަޒަންވެރިވާ
ކޮންމެތަނެއްގައި ކުރިއެރުމާއި ތަރަށްޤީއާއި އިޤްތިޞާދީ ބޭނުންތަކަށް ބުރަ
މަސައްކަތްތަކެއް ކޮށްގެނެވެ. މިއީ މިއަދު ވިސްނާފިކުރު ކުރާ މީހަކަށް ވަރަށް ބޮޑު
އިބުރަތެކެވެ. އިންސާނާ ދުނިޔެއަށް އަންނަނީ މުދަލާއި ފައިސާ ހިފައިގެނެއްނޫނެވެ.
އެންމެ ކުޑަވެގެން އުނުފޭރާމެންވެސް ނެތިއެވެ. ނަމަވެސް އޭގެ ފަހުން އިންސާނާގެ
މުޅި ޙަޔާތައް އަންނަ ބަދަލު ވިސްނާފިކުރުކުރާ ބަޔަކަށް އިބުރަތަކަށް ވެގެންދެވެ.
އިންސާނަގެ ވިސްނުމާއި ފިކުރުކުރި
ކޮންމެ ކަމެއް ހަޤީގަތަކަށް ހެދުމުގައި މުރާލިކަމާއިއެކު މަސައްކަތްތަކެއް ކުރަން
ޖެހެއެވެ. އިންސާނޫން ކުރިއަރައިގެން މިދަނީ މިފަދަ އެތައްކަމެންގައި ފޮރުވިފައިވާ ހަޤީޤަތްތަކެއް ހޯދާ
ކާމިޔާބުކުރަމުން ދާތީއެވެ. ބިމާއި
ޖައްވާއި ކަނޑާއި ކަނޑުގެ އަޑިއާއި ބުމުގެ އަޑިންނެވެ. މި ކޮންމެ
ތަނެއްގައިވެސް އިންސާނުންނަށް ހުރިހާ
ނިޢުމަތްތަކެއްވާކަށް ކަށަވަރެވެ. އިންސާނާ މިބިމުގައި އަޅާ ހަމަ ކޮންމެ
ފިޔަވަޅަކުންވެސް ﷲގެ ނިއުމަތްތައް ލިބިގެން ދެއެވެ.
ދުނިޔޭގެ ހަތަރު ބިތަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް ފެނިގެންދަނީ
ތަރައްޤީ އާއި ތަހުޒިބާއި ތަމައްދުންގެ ކުލަވަރުތަކެވެ. ތަރައްޤީ ނުވާ ގައުމެއް
ތަރައްޤީ ނުވާ އެއްޗެއް ފެންނަކަށްނެތެވެ. މީހުންނަށް ނަޒަރު ހިންގައިލި ނަމަވެސް
ފެނިގެންދަނީ ތަހުޒީބުގެ ކުލަވަރުތަކެވެ. ވިސްނުމާއި ފިކުރުގެ ތަހުޒީބުކަމާއި
ދުރަށް ވިސްނާލެއް ބޮޑުކަށް ފާހަގަކުރެވެއެވެ.
މަޢުލޫއަކީ
ވަރަށް ފުޅާދާއިރާއެއްގައި
ވާހަކަދައްކަލެވޭނެ މަޢުލޫއެކެވެ. ނަމަވެސް އަޅުގަނޑުގެ މަޢުލޫގައި ކުރުގޮތަކަށް މިބަލާނީ
ޒަމާނީ ޓެކްނޮލޮޖީ އުފެއްދުމަށް މެދުވެރިވީ ސަބަބު ނުވަތަ ޢިލްމީގޮތުން
ކުރިއަރައިގެން ދިޔުމަށް މެދުވެރިވީ ސަބަބުކަމަށް، ކަމުގެ މާހިރުން ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޢިލްމާއި ހުނަރުގެ ގޮތުން ކުރިއަރައިގެން އައި ތާރީޚް އަށެވެ.
ޓެކޮނޮލޮޖީގެ ގޮތުން
ކުރިއަރައިގެންދިޔުމަށް މެދުވެރިވީ ސަބަބު
އިންސާނީ ނަސްލު ދުނިޔޭގައި އާބާދުވީފަހުން
މިއަދާހަމައަށް ދުނިޔެއަށް މި
ވަނީބޮޑެތި
ބަދަލުތަކެއް އައިސްފައެވެ. އުފެއްދުންތެރިކަމާއި މާއްދީ ގޮތުންނާއި ފަލްސަފީގޮތުން ވެސް އިންސާނުން މި ވަނީ އެތައް ކަންތައްތަކެއް ތަޖްރިބާކޮށްފައެވެ. އިންސާނީ ނަސްލަށް
އަދާ ހަމައަށް ވާޞިލުވެވުނުއިރު،
ދުނިޔެ
މި ވަނީ އެތައް ބަދަލުތަކަކާއި އިންޤިލާބީ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ.
މި
ގޮތުން، އެންމެ ފާހަގަކޮށްލެވެނީ ފަހުގެ ތާރީޚްގައި ދުނިޔެއަށް އައި އެންމެ ބޮޑު އިންޤިލާބީ ބަދަލުކަމަށްވާ
ޞިނާޢީ އިންޤިލާބެވެ. ޖޯސެފްއޭ.
މޮންޓަގްނާ (2010) ބަޔާންކުރައްވަނީ މަސައްކަތްތެރިކަމުގެޞިނާއަތަށް
ބަދަލުތަކެއް ގެނައުމަށް އިންސާނުން ވިސްނަން ފަށައިފައިވާ ތާރީޚެއް ކަނޑައެޅިގެން
ބުނަން ނޭނގޭކަމަށެވެ.
ނަމަވެސް، މަސައްކަތްތެރިކަމުގެ ޞިނާއަތަށް ބަދަލުތަކެއް އަންނަންފެށީ މީލާދީން
1750 ނުވަތަ 1760 ގެ އަހަރުތަކުން ފެށިގެންކަމަށް ޖޯސެފްއޭ. މޮންޓަގްނާ (2010)
ބަޔާންކުރައްވައެވެ. އެހެންކަމުން،ޞިނާޢީ އިންޤިލާބުގެ އަސަރުތައް ފެންނަން ފެށީ
18 ވަނަޤަރުނުން ފެށިގެންކަމަށް ބެލެވެއެވެ . ޞިނާޢީ އިންޤިލާބުގެ ސަބަބުން މަސައްކަތްތެރިކަމާއި
އުފެއްދުންތެރިކަމުގެ ފަންނު
ތަރައްޤީވެ
މި އަދު މި ދެކޭ އުފެއްދުންތެރި 'ދުނިޔެ' ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދައިގަތެވެ. މި ގޮތުން
އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ
ޞިނާއަތު
ހަރުދަނާވެ، މަސައްކަތްކުރުމުގެ ވައްޓަފާޅި ބަދަލުވެ، މި ޒަމާނުގެ ޓެކޮނޮލޮޖީ ތަޢާރަފްވުމަށް
މަގުފަހިކުރުވި އިންޤިލާބަކަށް ޞިނާޢީ
އިންޤިލާބު
ވެގެން ދިޔައަކަމަށް ޖޯސެފްވިދާޅުވިއެވެ.
ޞިނާއީ އިންޤިލާބަށްފަހު އިންސާނުން މިއަދު މި
އަންނަނީ އެބައިމީހުންގެ ވިސްނުމާއި
ފިކުރުގެ ބޭނުންކޮށް އަރުތަވެރިކަމުގެ އިސް ސަފުގައި ފައިތިލަ ސާބިތުކުރަމުންނެވެ. ތަފާތު ހޯދުންތައް ހޯދައި އައު
އީޖާދުތައް ކޮށް ޓެކްނޮލޮޖީގެ އާ އުސްމިންތަކެއް
ގިރާކުރަމުންނެވެ.
ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާ ތާރީޚް
އުނގެނުމާއި އުނގަންނައިދިނުމަކީ ދުނިޔޭގެ އެންމެ ޤަދީމީ ތާރީޚުން
ފެށިގެންވެސް ކުރަމުން އައިސްފައިވާކަމެކެވެ. އެކިދުވަސްވަރު އެކިގޮތަށެވެ. ކަނޑާ
ނަގާފައިވާ ހިލަތަކާއި ކިޔަމުން އަންނަ ޒަމާންވީ ޅެންތަކާއި ވާހަކަތަކުން އެކަން
އެނގިގެން ދެއެވެ. އެންމެ ކުރީ ޒަމާނުން ފެށިގެންވެސް، އުނގެނުމާއި
އުނގަންނައިދިނުމުގައި އާގޮތްތައް ދިޔައީތަޢާރަފު ކުރަމުންނެވެ. އަދި
ދަރިވަރުންއެންމެ ބޮޑަށް ޝައުޤު ވެރިވާނެ ގޮތަކީ ކޮބައިތޯ ވެސް ދިޔައީ ބަލައި
ދިރާސާކުރަމުންނެވެ. މީގެ ނަތީޖާއަކަށްވީ ކިޔަވައި ދިނުމުގައި ބޭނުންކުރެވޭ ތަފާތު
ޓެކްނޮލޮޖީ މިއަދުއަޅުގަނޑުމެއްނަށް ބޭނުންކުރުމުގެ ނަސީބުލިބުމެވެ.
ކިޔަވއިދިނުމުގައި ބޭނުން ކުރެވޭ ބެއްތަކެއްޗާއި އެތަކެތީ ބޭނުން ކުރެވެން
ފެށުނުތާރީޚް މިލެއެލަނީ އަޅުގަނޑުމެންގެ "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ"
ކިޔަވައިދެއްވާ އުސްތާޒު ޒާހިދު ދެއްވި މަޢުލޫމާތުގެ ޢަލީގައެވެ.
ކިޔަވައިދުނުމުގައި ބޭނުންކުރަމުން މިދާ ކޮއްމެއެއްޗެއްވެސް އައިސްފައިމިވަނީ
އެކިތާރިޚް ތަކުގައެވެ. މިތާރީޚް ތަކަށްވިސްނާލުމުންވެސް އެގިގެންދަނީ އިންސާނާގެ
ވިސްނުން އެއްދުވަހުން ހަނެއްދުވަހަށް އާހޯދުންތަކަށް މަސައްކަތްކުރަމުން
ދާކަމެވެ.
ހިޖުރައިން 105 ވަނަ އަހަރު ކަރުދާސް އުފެއްދީ ސީނުކަރައިގެ މީހުންނެވެ.
ގަޓެންބަރގް ޗާޕްމެސިން އުފެއްދީ 1436
މިހާރުވެސް ލިއުމަށް މިގެންގުޅޭ ޗޯކް ބޯޑް އުފެއްދީ 18 ވަނަ ގަރުނުގައެވެ.
ލިއުމަށް ގެންގުޅޭ ޓެކްސްފޮތް، އިންކު، ގަލަން އަދި ޗޯކް އުފެއްދީ 19 ވަނަ
ގަރުނުގައެވެ.
އޯޑިއޯ ވިޝުއަލް ބޭނުން ބޭނުންކުރަށް ފެށުނީ 20 ވަނަ ގަރުނުގައެވެ.
ކުލާހުގައި ރޭޑިއޯ ޕްރެޖެކްޓަރ ބޭނުންކުރެވުނީ 1925 ވަނަ އަހަރުއެވެ.
ފިލްމު ސްޓްރިފް ޕްޖެކްޓަރ 1930 ވަނަ އަހަރު
އިންސްޓްރެކްޝަނަލް ޓީވީ ޕޮރޮގުރާމެއް ފުރަތަމަފަހަރަށް އެއަރ ކުރެވުނީ 1932
ވަނަ އަހަރުއެވެ.
އޯވަރހެޑް ޕްރެޖެކްޓަރ ސްކޫލުތަކަށް ތަޢާރަފުވީ 1940 ގައެވެ.
ޓޭޕްރިކޯޑަރ ތައާރަފުވީ 1946 ގައެވެ.
ޓީވީ އާމުވާން ފެށުނީ 1950 ގައެވެ.
1960 ވަނަ އަހަރު މައިކްރޯ ކޮމްޕިޔުޓަރ ތަޢާރަފުވިއެވެ
1967 ވަނަ އަހަރު ފުރަތަމަ ކަލްކިއުލޭޓަރ އާއްމުވިއެވެ.
1970 ވަނަ އަހަރު ވީސިއަރު ތަޢާރަފުވިއެވެ.
1972 ވަނަ އަހަރު މަލްޓިޕްލް ޗޮއިސް ޓެސްޓް ޕޭޕަރ ކޮމްޕިޔުޓަރުން
މާކުކުރެވުނެވެ.
1980 ވަނަ އަހަރުން ފެށެގެން 1990 ވަނަ އަހަރާއި ހަމައަށް އެއީ ކޮމްޕިޔުޓަރ
އާއި ލެޕްޓޮޕްގެ ޒަމާނެވެ.
1910 ވަނަ އަހަރަކީ ޓިޖިޓަލް ޒަމާނެވެ.
1991 ވަނަ އަހަރަކީ ސްމާރޓް ބޯޑް އަދި ވޯލްޑް ވައިޑް ވެބް ތައާރަފްވެގެން
ދިޔަޒަމާނެވެ.
2000 އަހަރުތައް އިންޓަރކްޓިވް ޒަމާނެވެ.
2004 ވަނަ އަހަރު ފެސްބުކް ތައާރަފުވިއެވެ.
2008 ވަނަ އަހަރު އެޑުމޫޑޯ ( ކިޔަވައިދިނުމަށް ބޭނުންކުރެވޭ ސޮފްޓްވެއަރ )
ތަޢާރަފުވިއެވެ.
2010 ވަނަ އަހަރު ސްކޫލުތަކަށް އައިޕެޑް ތަޢާރަފްކުރެވުނެވެ.
މި ޓެކްނޮލޮޖީ
ތަޢާރަފުވުމުގެ ނަތީޖާއެއްގެ ގޮތުން ކިޔަވައިދިނުމުގައި ގެންގުޅުނު ގޮތްތަކާއި
އުސޫލުތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޚާއްޞަކޮށް
ޒަމާނީ ޓެކްނޮލޮޖީ ދުނިޔެއަށް ތަޢާރަފުވެ ޢާއްމުވުމާ ގުޅިގެން ކުރެވިފައިވާ އަދި
ކުރަމުންދާ ދިރާސާތަކާއި ހޯދޭ ހޯދުންތައް ގިނައެވެ. ކުރިއަރައިގެންދާ ހުރިހާ
ގައުމުތަކެއްވެސް ކުރިއަރއިގެން މިއަދު މިދަނީ އެބައި މީހުންނަށް ލިބިފައިވާ
ޢިލުމުގެ އަލީގައެވެ. ދުނިޔޭގެ ގިނަ ޤައުމުތައް ޢިލްމާއި ހުނަރުގެގޮތުން
ކުރިއަރައި ތަފާތު ޓެކްނޮލޮޖީ ދުނިޔެއަށް ތައާރަފުވެގެން ދިއުމުގެ ސަބަބުން
އިންސާނާ ދިރިއުޅޭ މާހަޢުލު ކުރާ މަސައްކަތަށް މިވަނީ ހީވެސްނުކުރާ ބަދަލެއް
އައިސްފައެވެ.
ތަޢުލީމީ
ދާއިރާގައި ޒަމާނީ ޓެކޮނޮލޮޖީ
އިންފޮރމޭޝަން އެންޑް ކޮމޮޔުނިކޭޝަން ޓެކްނޮލޮޖީ
(އައި.ސީ.ޓީ)އަ ވަރަށްގިނަ ދާއިރާތަކާއި މަސައްކަތްތަކުގައި ވަރަށް ފުޅާކޮށް
ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ. އުނގެނުމާއި އުނގަނައިދިނުމަށް އައި.ސީ.ޓީ ވަނީ
އިނގިލާބެއް ގެނުވާފައެވެ. މިކަން ޚާއްސަކޮށް އެންމެ ބޮޑަށް ފާހަގަކުރެވެނީ
ތަރައްޤީވެފައިވާ ޤައުމުތަކުގައެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި އުގެނުމާއި
އުނގަނައިދިނުމާއި އަދި ތަޢުލީމު ރޭވުމާއި ހުރިހާކަމެއްގައިހެން އައި.ސީ.ޓީ
ބޭނުންކުރެވެއެވެ. އުފަލާއެކު ފާހަކަގުރަށް ޖެހޭކަމަކީ މިއަދު އަޅުގަނޑުމެންގެ
ކިޔަވައިދިނުމުގެ ދާއިރާގެ މުދައްރިސުންވެސް މިކަމަށް އަހުލުވެރި ކަމުގެ މުހިންމުކަށް ގަބޫލުކުރާ ބަޔަކަށް ވާކަމެވ
އައި.ސީ.ޓީގެ ތަޢާރަފަކަށް ބަލާއިރު ޢިލްމުވެރިން
ތަފާތުގޮތްގޮތަށް އައި.ސީ.ޓީ ގެ ތަޢާރަފް ދެއްވައެވެ. މާގަރެޓް ރޫސް
ލިޔުއްވާގޮތުގައި އައި.ސީ.ޓީއަކީ މަޢުލޫމާތު ހިއްސާކުރަށް ބޭނުންކުރާ ކޮންމެ
ވަޞީލާތެކެވެ. އޭގެ ތެރޭގައި ކޮމްޕިޔުޓަރު، ރޭޑިއޯ، ޓީ.ވީ، ފޯން، އިންޓަރނެޓް،
ސޮފްޓްވެއަރ، ސެޓްލައިޓް ސިސްޓަމްސް އަދި މިނޫނަސް މިފަދަ މަޢުލޫމާތު
ޙިއްސާކުރުމަށް ބޭނުންކުރެވޭ ހުރިހާ އާލާތްތަކާއި ވަސީލަތްތައް ހިމެނެއެވެ.
ހަމައެފަދައިން ސްޓީވަން ފާހަގަކުރަށްވާ ގޮތުގައި އައި.ސީ.ޓީއަކީ ކޮމްޕިޔުޓަރާއި،
ފޯނާއި މިފަދަ ވަޞީލަތްތައް ބޭނުންކޮށްގެން ހަލުވިކަމާއި، އިތުބާރާއެކު، ދާއިމީ
ގޮތެއްގައި މަޢުލޫމާތަށް އެކްސެސްވެ، މަޢުލޫމާތު ހިއްސާކުރެވޭނެގޮތް ހެދުމެވެ.
ދުނިޔެ މިހާރުމިވާނީ ގުޅިފައިވާ "އިންޓަރނެޓް" އޭ ކިޔޭ ބޮޑު
ވިއުގައަކުން ގުޅިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ
މަޢުލޫމާތު ވަގުތުން އަޑު، ފޮޓޯ ވީޑިއޯ އަދި ލިޔުމުގެ ޒަރިއްޔާއިން ހޯދާލުމަކީ
މިހާރު މާއުދާގުކަމެއް ނޫނުވެ.
އުނގެނުމާއި
އުނގަނައިދިނުމަށް ބަލާއިރު އައި.ސީ.ޓީ އަކީ ސްކޫލުތައްފަދަ ތަޢުލީމުފޯރުވައިދޭ
ތަންތަނުގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ ވަޞީލަތެކެވެ. އުނގެނުމާއި
އުނގަނައިދިނުމަށް އައި.ސީ.ޓީގެ ސަބަބުންވަނީ ވަރަށް ބޮޑު ކުރިއެރުން
ގެނެސްދީފައެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އެހީގައި
ކިޔަވައިދިނުމުގެ އިހުގެގޮތްތައް ވަނީ ޒަމާނީ ގޮތްތަކަށް ބަދަލުކުރެވިފައެވެ. މީގެ
ސަބަބުން އުނގެނުމާއި އުނގަނައިދިނުމަށް އެތައް ކުރިއެރުންތަކެއްވަނީ
ގެނެސްދީފައެވެ. އައި.ސީ.ޓީ އުނގަނައި ދިނުމުގެ ސަބަބުތަކުގެ ތެރޭގައި ކުދިންނަށް
ފަސޭހަކަމާއެކު ފުރިހަމައަށް އެއްޗެހި އޮޅުން ފިލުވައިދިނުމާއި، ފިލާވަޅުތައް
ފަސޭހައިން ދަރިވަރުންނަށް ފަހުމްވާން އެހީތެރިވުމާއި، ކުދިންގެ ތަފާތު ލާރނިންގ
ސަޓައިލްތަކަށް އުނގަނައިދިނުން ބައްޓަން ކުރަށް ފަސޭހަވުމާއި، ކުދިން
ޝައުޤުވެރިކުރުވުމާއި، އުނގަނައި ދިނުމާއިގުޅޭ ކަންކަން އިންތިޒާމުކޮށް
ރަނގަޅުކުރުމާއި، އައު ޓެކްނޮލޮޖީގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށް
އުނގެނުމުގައި ފަސޭހަވެގެން ދިއައެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ލިބުނު
އެންމެ ބޮޑު ފަސޭހައަކީ މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައިދެވޭނެ
މަގު ތަނަވަސްވެގެންދިއުމެވެ.
އިލްމީ ދަރިންނަކީ ޤައުމުގެ ކުރިބޯށި ކަމުގައި ވީހިނދު އެކުދިން އުގެނނެން
ޝައުގުވެރިކުރުމަށްޓަކައި އުނގަންނައިނިނުމުގައި ގެންގުޅޭ އުސްލޫބު ތަހުޒީބު
ކުރަންޖެހެއެވެ. އެދެވޭ ހޮޔޮބަދަލުތަކެއް ކުރިއަށް ނެރެން ޖެހޭނެކަން ކަށަވަރެވެ.
އެޑިޔުކާޝަނަލް ޓެކޮނޮލޮޖިއަކީ ޓެކޮނޮލޮޖީގެ ގޮތުން ލިބިފައިވާ ކުރިއެރުން ތަކާއި
ލިބިފައިވާ ވަސީލަތް އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރުމަށް ދަސްކުރުމާއި
ލިބިފައިވާ ވަސީލާތްތަކުގެ އެހީގައި ހުނަރުވެރި ގާބިލުމަސައްކަތް ތަކެއް ކުރުމަށް
އެގިގެން ދިއުމެވެ. ވީމާ މިއަދުގެ ދަރިނަށް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ
ވަސީލަތްތައް ބޭނުންކުރެވުމަކީ މުހިންމު އެހާމެ ބޭނުންތެރިކަމެކެވެ.
ރިފަރެންސް:
1.
ޖަމާޢަތުގެ ޚަބަރު ޖޫން 2012
2.
ޖަމާޢަތުގެ ޚަބަރު ސެޕްޓެމްބަރ 2013
3.
ޖަމާޢަތުގެ ޚަބަރު އޮކުޓޫބަރ 2014
4.
އެޑިޔުކޭޝަނަލް ޓެކްނޯލޮޖީ ކިޔަވައިދެއްވާ އުސްތާޒުދެއްވި ނޯޓްސް




ނިންމާލަމުން ބުނެފައިއެވަނީ ވަރަށްރީތި އަދި ފުރިހަމަ ބަސްކޮޅެކެވެ.އަދި އެއީ ޓެކްނޮލޮޖީގެ ތާރީޚް ދިރާސާކުރުމުގެ އެއް މަޤްޞަދުވެސް މެއެވެ. އެހެންކަމުން މުޅިއާޓިކަލް އެވިސްނުމަށް އަމާޒުކޮށް ލިބުނު ކާމިޔާބާއި ކުރިއެރުމަށް އިތުރަށް އަލިއަޅުވާލިނަމ އިތުރަށް ފުރިހަމަވެގެން ދިއައިހެވެ.
ReplyDeleteނިންމާލަމުން ބުނެފައިއެވަނީ ވަރަށްރީތި އަދި ފުރިހަމަ ބަސްކޮޅެކެވެ.އަދި އެއީ ޓެކްނޮލޮޖީގެ ތާރީޚް ދިރާސާކުރުމުގެ އެއް މަޤްޞަދުވެސް މެއެވެ. އެހެންކަމުން މުޅިއާޓިކަލް އެވިސްނުމަށް އަމާޒުކޮށް ލިބުނު ކާމިޔާބާއި ކުރިއެރުމަށް އިތުރަށް އަލިއަޅުވާލިނަމ އިތުރަށް ފުރިހަމަވެގެން ދިއައިހެވެ.
ReplyDeleteތާރީޚަށް ވަރަށް ރަނގަޅަށް ބަލާލެވިފައިވޭ
ReplyDeleteމިއީ ވަރަށް ފުރިހަމަ މަޢުލޫމާތު މުއްސަނދި ލިއުމެކެވެ. ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ކޮލެޖްތަކުގައި ކިޔަވާކުދިން . މިލިޔުން ރިފަރެންސެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
ReplyDeleteމިއީ ވަރަށް ފުރިހަމަ މަޢުލޫމާތު މުއްސަނދި ލިއުމެކެވެ. ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ކޮލެޖްތަކުގައި ކިޔަވާކުދިން . މިލިޔުން ރިފަރެންސެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
ReplyDelete.ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ ވަރަށްފުރިހަމަ މަޢުލޫމާތުތަކެއް.
ReplyDelete.ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ ވަރަށްފުރިހަމަ މަޢުލޫމާތުތަކެއް.
ReplyDeleteފުރިހަމަ! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ،
ReplyDeleteމައުލޫމާތު މުއްސަނދި ރަނގަޅު ލިއުމެއްކަން ފާހަގަކުރަން
ReplyDeleteވަރަށް މުއްސަނދި ލިޔުމެއް. ޓެކްނޮލޮޖީގެ ތާރީޚުތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވޭ
ReplyDeleteވަރަށް މަޢުލޫމާތު ހޯދާފައިވާކަން ފާހަގަކުރަން. ރަނގަޅު ލިޔުމެއް
ReplyDeleteލިއުންތެރިކަން ވަރަށް ފުރިހަމަ ، ޗައުޤުވެރިކުރުވާ ލިއުމެއްކަން ފާހަގަކުރެވޭ
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް! މައުލޫގެ ތަފްސީލް ތައް ގެނެސްފައިވާގޮތް ވަރަށްވެސް ފުރިހަމަ.
ReplyDeleteލިޔުންތެރިކަން ވަރަށް މުއްސަނދި ލިޔުމެއް. ޓެކްނޮލޮޖީގެ ތާރީޚުތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވޭ ގްރޫޕްގެ އެހެން ބައިވެރިންގެ ލިޔުއްވުން ތަށް ކޮބައިތޯ؟ މި ބްލޮގް އިން ފެންނަނީ ހަމައެކަނި މި އާޓިކަލް ތޯ؟ "އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާ ގޮތް/ތާރީޚް"
ReplyDeleteތާރީޚްގެ މައްޗަށް އަލިއަޅުވާލާ ޓައިމްލައިން އެއް ގެނެސްފައިވުމުން ލިޔުން އިތުރަށް ފުރިހަމަކޮށްދީފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.
ReplyDeleteވަރަށް ފުރިހަމަ. އޮއްޓަރު ހުރި ރަނގަޅު ލިޔުމެއް.
ReplyDeleteމައުލޫމާތުފުރިހަމަމިލިޔުމުންވަރަށްގިނަމައުލޫމާތުއެގިގެންހިނގައްޖެ..
ReplyDelete